ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި މައުލޫމާތު ހާމަކޮށްފައިވާ ގޮތުގެ ރިޕޯޓު އާންމުކޮށްފި

މާރިޗު 3, 2024

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާންމުކުރަން ލާޒިމުކުރާ މަޢުލޫމާތުތައް އެ އިދާރާއެއްގެ ވެބްސައިޓްގައި އާންމު ކުރަމުންދާ މިންވަރު ބެލުމަށް ޓަކައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތުގެ ތެރެއިން ހޯދުނު ހޯދުންތަކާ ގުޅޭ ރިޕޯޓު މިއަދު އާންމުކޮށްފިއެވެ.

މި ކަމާ ގުޅޭ ގޮތުން ފާހަގަކުރެވުނު މުހިންމު މައުލޫމާތު މީޑިއާއާ ހިއްސާކުރުމަށް ޓަކައި ނިއުސްކޮންފަރަންސެއް ވަނީ ބާއްވާފައެވެ. މި މަސައްކަތުގައި ދައުލަތުގެ 935 އިދާރާއެއް މޮނިޓަރ ކުރެވުނެވެ.